ފެނަކަ ކޯޕަރޭޝަންގެ ޗެއާމަނަކަށް އަހުމަދު ޝަހީރު އައްޔަންކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެ މަގާމަށް ހަމަޖެއްސި ޝަހީރަކީ ކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ނަވާވީސް އަހަރު ހިދުމަތް ކުރެއްވުމަށް ފަހު އެމަނިކުފާނު އެސްޓީއޯއިން އިސްތިއުފާ ދެއްވީ ނޮވެމްބަރު 15، 2018 ގަ އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކީ މުއާޒު މުހައްމަދު ރަޝީދެވެ.

ރާއްޖޭގެ 153 ރަށެއްގައި ކަރަންޓުގެ ހިދުމަތް ފެނަކައިން އަންނަނީ ދެމުންނެވެ.