ގދ. މަޑަވެލީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މިދިޔަ ޖަނަވަރީ މަހުގެ 25 އިން މި ފެބުރުވަރީ މަހުގެ 9 އަށް ހިންގި އެ އޮޕަރޭޝަނުގެ ތެރެއިން ބަނގުރާ ފެނިފައިވަނީ ރަށުގެ ފަޅު ސަރަހައްދަކުންނެވެ.
މަޑަވެލި ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި އެ ސަރަހައްދު ބަލައިފާސްކުރިއިރު 48 ދަޅު ބަނގުރާ އަދި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިއެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.
މި މައްސަލަ މަޑަވެލި ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.