ހުޅުމާލެ ފަރުކޮޅުފުށީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑފެންސް ފޯސް، އެމްއެންޑީއެފުން ބުނި ގޮތުގައި މި ގުދަނަކީ ކޮންޓެއިނަރުން ހަދާފައި ހުރި ތަނެކެވެ. އަދި އަލިފާން ރޯވެފައިވަނީ ކޮންޓެއިނަރު އެތެރޭގައި ހުރި ހާޑްވެއާ ސާމާނުތަކެއްގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މިއަދު ހަވީރު ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.
އަދި މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.