ބެޓީ ކްރޮކާގެ ކޭކް މިކްސް ޕެކެޓުތައް ވިއްކުން ހުއްޓާލުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

އެމްއެފްޑީއޭއިން ބުނީ ބެޓީ ކްރޮކާގެ ޕެކެޓުތަކުގައި އުކުނު ހުރިކަމަށް ބުނެ އާންމު ފަރާތަކުން ހުށަހެޅި ޝަކުވަާއަކާ ގުޅިގެން މާލޭގެ ބާޒާރުތަކުން އެ އުފެއްދުންތަކުގެ ސާމްޕަލްތައް ނަގައި ޓެސްޓް ކޮށްފައިވާ ކަަމަށެވެ.

މި ސާމްޕަލްތަކުގައި ގަނޑުލާފައި ހުރި ކަމަށާއި ބައެއް ސާމްޕަލްތައް އުކުނާއި ދިރޭ ސޫފިތަކުން ތަޣައްޔަރުވެފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެހެންކަމުންކެއުމަށް ރައްކާތެރި ނޫން ތަކެތި ކަމަށް އަންގައި މަނާ ކުރަން ނިންމީ:

  • 432 ގްރާމް, ބެޓީ ކްރޮކާ ސުޕަ މޮއިސްޓް ޗޮކްލެޓް ފަޖް (އެކްސްޕައިރީ ޑޭޓް 18 މާޗު 2024) އާއި
  • 432 ގްރާމް, ބެޓީ ކްރޮކާ ސުޕަ މޮއިސްޓް މިލްކް ޗޮކްލެޓް (އެކްސްޕައިރީ ޑޭޓް 13 އޭޕްރީލް 2024) އެވެ.