އެޕަލް ސައިޑާ ވިނެގާ އަކީ ރައްކާތެރި ގޮތެއްގައި ބަރުދަން ލުއި ކުރުމަށް އެއްވަނައިގެ ބާވަތެކެވެ. ހާއްސަކޮށް "އެޕަލްސައިޑާ ވިނެގަރ ވިތު ދަ މަދާ" އަކީ ދުޅަހެޔޮ ސިއްހަތަކަށް މަސައްކަތްކުރުމާއެކު ރީތި މިނެއްގައި ހަށިގަނޑު ބެހެއްޓުމަށް އެންމެ ރަނގަޅު ވައްތަރެވެ.
ކޮންމެ ދުވަހަކު ވެސް އެޕަލް ސައިޑާ ވިނެގާ ބޭނުން ކުރަމަކީ ހަށިގަނޑަށް ނުހަނު ފައިދާ ލިބޭނެކަމަށް ވެއެވެ.
ދުވާލަކު 1-2 މޭޒުމަތީ ސަމުސާ (ޓީބީއެސްޕީ) އަށް ވުރެ ގިނަ އިން ބޭނުން ކޮށްގެންނުވާނެ އެވެ. އެއަށްވުރެ ގިނައިން ބުއިމަކީ ޕޮޓޭސިއަމް ނުރައްކާތެރި މިންވަރަށް ދަށްކޮށްދޭ ކަމެކެވެ. އެޕަލްސައިޑާވިނެގާ އަކީ ބައެއް ބޭސްތަކާ (ޑައިޔުރެޓިކްސް، ލެކްސެޓިވްސް އަދި ހަކުރު ބައްޔާއި ހިތުގެ ބަލިތަކަށް ހާއްސަ ބައެއް ބޭސްތައް ހިމެނޭ ގޮތަށް) އިންޓަރެކްޓް ކޮށްފާނެ ބާވަތެކެވެ. މީގެ ފައިދާތަކުގެ ތެރޭގައި:
- ޓައިޕް 2 ހަކުރު ބަލިން ރައްކާތެރިވުން.
- ހިތުގައި އުފެދިފައިވާ އުނދަގޫތަކަށް ލުޔެއް ލިބިދޭ
- ކޮލެސްޓްރޯލް ދަށްކުރުން
- ސިކުނޑި ރަނގަޅުކުރުން.
އެޕަލް ސައިޑާ ވިނެގާ އަކީ ގޭގައި ވަރަށް މަގުބޫލު ފަރުވާއެކެވެ. ކެއްކުމާއި ގުދުރަތީ ބޭސްވެރިކަމުގައި ޒަމާނުއްސުރެ މީހުން ބޭނުންކުރެއެވެ. އޭގެ ސަބަބުން ސިއްޙީ ގޮތުން ބައެއް ފައިދާތައް ލިބިދާނެއެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- ބަރުދަން ލުއިކުރުމަށް އެހީތެރިވެދިނުން
- ކޮލެސްޓްރޯލް ދަށްކުރުން
- ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދިނުން
- ހަކުރު ބަލީގެ އަލާމާތްތައް ރަނގަޅުކުރުން
ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މި އެސިޑަކީ އެޕަލް ސައިޑާ ވިނެގާގެ ސަބަބުން ސިއްހަތަށް ލިބޭ ފައިދާތަކަށް މަގުފަހިކޮށްދޭ އެސިޑެކެވެ. ސައިޑާ ވިނެގާސް އަކީ 5-6 ޕަސެންޓަކީ އެސިޓިކް އެސިޑް އެވެ.
އެޕަލް ސައިޑާ ވިނެގާގައި ގިނަ ވިޓަމިން ނުވަތަ މިނަރަލްސް އެކުލެވިގެން ނުވި ނަމަވެސް ކޮލިޓީ ބްރޭންޑްތަކުގައި ބައެއް އެމިނޯ އެސިޑްތަކާއި އެންޓިއޮކްސިޑެންޓްސް ހުރެއެވެ. އެހެންކަމުން ނުރައްކާތެރި ބެކްޓީރިއާތައް ނައްތާލުމަށް އެހީތެރިވެދެއެވެ. ހަމައެހެންމެ މި ވިނެގާއަކީ ބެކްޓީރިއާގެ ބައެއް ސްޓްރެއިންތައް (2ޓްރަސްޓެޑް ސޯސް، 3ޓްރަސްޓެޑް ސޯސް) ހިމެނޭ ގޮތަށް ޕެތޯޖަންތައް ނައްތާލުމަށް އެހީތެރިވެދޭ އެއްޗެކެވެ.
ވިނެގާގައި ހިމެނޭ މައިގަނޑު މާއްދާ: އެސިޓިކް އެސިޑް ގެ ސަބަބުން ގެއްލުންހުރި ބެކްޓީރިއާ ތައް ނައްތާލެވިދާނެ ނުވަތަ ގިނަވުން ހުއްޓުވައިދެއެވެ. މިއީ ޑިސްއިންފެކްޓެންޓް އަދި ގުދުރަތީ ޕްރިޒަވޭޓިވްގެ ގޮތުގައި ބޭނުންކުރުމުގެ ތާރީޚެއް އޮތް އެއްޗެކެވެ.
ސިއްހީ ލަފާދޭ ކޮންމެ މާހިރަކުވެސް ދޭނެ ލަފަޔަކީ ސައިޑާ ވިނެގާގެ އެންމެ ފުރިހަމަ ފައިދާ ބޭނުންނަމަ، އޭގެ އެންމެ ރަނގަޅު ވައްތަރު އާދެ! އެޕަލް ސައިޑާ ވިނެގާގެ 'އެސެޓިކްއެސިޑް ބެކްޓީރިޔާ' ހިމެނޭ ވައްތަރު ގަތުމަށް ސަމާލުކަންދިނުމަށެވެ. 'އެޕަލް ސައިޑާ ވިނެގާ ވިތު ދަ މަދާ' މިނަން ލޭބަލްގައި ބައެއްފަހަރު ހުންނާނެއެވެ. ނަމަވެސް ބައެއް ފަހަރު މިގޮތަށް އެސެޓިކްއެސިޑް ބެކްޓީރިޔާ ހިމެނޭ ވައްތަރު ދެނެގަނެވޭނީ ވިނެގާގެ ކުލައިންނެވެ. މިއީ އޭގެ އެންމެ ފައިދާބޮޑު ވައްތަރެވެ. މިވައްތަރު ބޭނުން ކުރުމަށް ސަމާލުކަންދޭށެވެ.
(މައުލޫމާތު: ހެލްތުލައިން/ އެޕްރޫވްކޮށްދެއްވީ ޑރ.ސަހާނީނަޖާސް)