ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ގާނޫނީ ވަކީލު އަބްދުﷲ ނަސީރު މުހައްމަދަށް ދީފިއެވެ.

ގދ. ގައްދު އަށް ނިސްބަތްވާ ނަސީރަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމު ފުރުއްވި ބޭފުޅެކެވެ.

އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވައި، ކާށިދޫ ދާއިރާގެ ޓިކެޓު ކާމިޔާބު ކޮށްފައިވަނީ އެ ދާއިރާގެ މިހާރުގެވެސް މެމްބަރު އަބްދުﷲ ޖާބިރެވެ. ނަމަވެސް އަހުލާގީ މައްސަލައަކާ ގުޅިގެން ޖާބިރުގެ ޓިކެޓް އަތުލައި އޭނާ ވަނީ ޕާޓީން ވަކިކޮށްފައެވެ.

މިކަމާ ގުޅިގެން ޖާބިރު ވިދާޅުވެފައިވަނީ ޓިކެޓް އަތުލިޔަސް އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރައްވާނެ ކަމުގައެވެ.