މާލޭގެ އިމާރާތެއްގެ މަތިން މީހަކު ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ، ޗާންދަނީ މަގުގައި ހުރި އިމާރާތެއްގެ މަތިން މީހަކު ވެއްޓިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:30 ހާއިރު ލިބިފައިވާ ކަަމަށެވެ.

އަދި އޭނާއަށް މި ވަގުތު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެމީހާ އަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ދަނީ އެ މީހާ ވެއްޓުނު ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.