މި ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ފުޓުބޯޅަ މެޗެއްގެ ތެރެއިން ހިންގި މާރާމާރީއާ ގުޅިގެން ދިހަ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ދިހަ މީހުން ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމުގައެވެ. އެހެންނަމަވެސް ފުލުހުން އެ ތަހުގީގާ ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.

މިއީ 7 ފެބްރުއަރީގައި ކުޅުނު މެޗްގެ ކުރިއަށް ދަނިކޮށް ބަޔަކު މީހުން ދަނޑުމައްޗަށް އަރައި ހަމަނުޖެހުން ހިންގައި ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިންނާއި އޮފިޝަލުންނާމެދު މާރާމާރީ ހިންގި މައްސަލައެކެވެ.

އެ ދުވަހުގެ މެޗުގައި ހިންގި ހަމަނުޖެހުމުގައި ވަނީ ވިކްޓަރީގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމަށް ވެސް ހަމަލާ ދީފައެވެ. މިހަމަނުޖެހުމުގެ ވީޑިއޯ ސޯޝަލް މީޑިޔާގައި ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ.