އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން އުރީދޫ މޯލްޑިވްސް ސައުތު ރީޖަން މުވައްޒަފުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ބާއްވައިފިއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން މިއަދު ހިންގި މި ސެޝަންގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މައުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތް ފަދަ މުހިންމު މައުލޫމާތުތައް ކިޔައިދީފައިވާ ކަމަށް އެ ފަރާތުން ބުންޏެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ މި ސެޝަންގައި އަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް އުނގަންނައި ދެވުނު ކަމަށެވެ.

މި ސެޝަންގައި، އުރީދޫ މޯލްޑިވްސް ސައުތު ރީޖަންގެ 17 މުވައްޒަފުން ބައިވެރިވިއެވެ.