ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ގާއިމުކުރުމަށް ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާއެކު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ އިން އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ހިޔާފުލެޓުތަކުގައި ޖުމްލަ އެކުގައި ބައްތިރީސް (32) އައު ލިފްޓު ބެހެއްޓިގެންދާނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ. އެ ބައްތިރީސް ލިފްޓަކީ، ހިޔާގެކޮންމެ ޓަވަރެއްގެ ފުލެޓުތަކަށް ބަހާލާއިރު، ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖަރ އަދި ސްޓްރެޗަރ ލިފްޓެއް ވާ ގޮތުގެ މަތިންނެވެ.

މި މަޝްރޫއުގެ މަސައްކަތް މިހާރު ވަނީ ފަށާފައިކަމަށާއި މި މަސައްކަތް އެއްއަހަރު ދުވަސްތެރޭ ނިމިގެންދާނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

މިއީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ފްލެޓްގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށް ދެވޭ މަޝްރޫއެކެވެ. ސަބަބަކި ލިފްޓުން އަރާ ފޭބުމަށް އޮންނަ ކިއު ކުޑަވެގެންދިއުމާއެކު ލިފްޓް ގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދިއުމެވެ.

ފާއިތުވި ކެމްޕޭންގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ހިޔާ ފްލެޓުގައި ދިރިއުޅޭ ރަައްޔިތުންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ ހައްލު ކުރުމުގެ ގޮތުން މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކޮންމެ ހިޔާ ޓަވަރެއްގައި ދެ ލިފްޓް ހަރު ކުރުމަށް ހިމަނާފައިވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް ގާއިމްކުރާނެ ކަމަށާއި، އެއް ލިފްޓަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑު ލިފްޓެއް ކަމަށެވެ. އަދި އަނެއް ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެއް ކަމަށެވެ.ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވެފައިވާއިރު ރައީސް ވައުދުފުޅާއި އެއްގޮތަށް ހިޔާ ފްލެޓްގެ ކުއްޔާއި ވިނަރެސް ފްލެޓުތަކުގެ ކުލި ވަނީ ކުޑަކޮށްފައެވެ.އެޗްޑީސީން ބުނެފައިވަނީ، އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ވީހާވެސް ފަސޭހަ ވާނެހެން ކަންތައް ކޮށްދިނުމަށް ކަމުގައެވެ.