ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންގެ ފަރާތްޕުޅުން ލިބުނީ ވަރަށް ބޮޑު ތައުރީފެއް ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަންޕް ވިދާޅުވެއްޖެއެވެ.

ޓްރަންޕް މިހެން ވިދާޅުވީ ރައީސް ޕޫޓިން މަސައްކަތްފުޅު ކުރަން ބޭނުމީ ޓްރަންޕްގެ ބަދަލުގައި ބައިޑެންއާއި އެކު ކަމަށް ބުނުމުންނެވެ. ޕޫޓިން ވިދާޅުވީ މިއަހަރު ނިމޭކޮޅު އޮތް އެމެރިކާގެ ރިޔާސީ އިންތިހާބުގައި ކާމިޔާބު ވުމަށް އެދެނީ ބައިޑެން ކަމަށެވެ. ޓްރަންޕް މީގެ ރައްދުގައި ވިދާޅުވެފައިވަނީ މިއީ ޕޫޓިންގެ ފަރާތުން ލިބުނު ބޮޑު ތައުރީފެއް ކަމަށެވެ. މީގެިއިތުރުން ޓްރަންޕް ވިދާޅުވީ ޕޫޓިންގެ ބަސްތަކުން ދައްކުވައިދެނީ ބައިޑެންގެ ބަލިކަށި ސަރުކާރުގައި ޕޫޓިންއަށް ޔޫކްރެއިން ހޯދަން ފަސޭހަ ވާނެ ކަމެވެ. އަދި ޓްރަންޕްގެ ވެރިކަމެއްގައި ޕޫޓިންއަށް ޔޫކްރެއިން އަތުނުލެވޭނެ ކަމެވެ.

މީގެ ތަންކޮޅެއް ކުރިން ޕޫޓިން ވިދާޅުވެފައިވަނީ އެމެރިކާގެ ރައީސް ކަމުގެ މަގާމައް ކޮންމެ ބޭފުޅަކު ހޮވުނަސް އެކީގައި މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް ޕޫޓިން އެންމެ ކަމުދަނީ ބައިޑެން ކަމަށެވެ. އެއީ ބައިޑެން އަކީ ތަޖުރިބާ ކާރު، ސިޔާސީ ގޮތުން ތަންކޮޅެއް ޒަމާންވީ ވަށްޓަފާޅިއެއް ބޭނުންފުޅު ކުރައްވާ ބޭފުޅަކަށް ވާތީއެވެ.

2024 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިހާބު އޮންނާނީ 5 ނުވެންބަރު 2024 ގައެވެ.