މަކަރާއި ހީލަތުން 400 ޑޮލަރު ހޯދާފައިވާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ މ. މުލީ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މަކާރާއި ހީލަތުން 400 ޑޮލަރު ހޯދާފައި ވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާ ކަމަށެވެ.

އެއާއެކު ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި ފުލުހުން ވަނީ އިއުލާނުކޮށްފައެވެ.

މިގޮތުން ފުލުހުން ހޯދަމުންދާ ދެމީހުންނަކީ:

1. އަބްދުﷲ މުޙައްމަދު، ކ. މާލެ / މއ. ކެދިފަށުވިގެ (61އ)

އައިޑީ ކާޑު ނަންބަރު: A007456

2. އިސްމާއީލް ޝިމާމް، ކ. މާލެ / މއ. ޑޯރެންސީވިލާ، (42އ)

އައިޑީ ކާޑު ނަންބަރު: A098847

ފުލުހުން ބުނީ އެ މީހުން ހާޒިރުކުރުކުރަން އަންގާފައިވަނީ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ކަމަށެވެ. އަދި އެ ދެ މީހުންވެސް ހާޒިރުވާން ޖެހޭނީ މި މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރަށް މ. މުލީ ޕޮލިސް ސްޓޭޝަނަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.