ނ. ވެލިދޫ ޖޫނިއާ ކޮލެޖް އިމާރާތް ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ކޮލަމް ކޮންކްރީޓް މަސައްކަތް ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ލީން ކޮންކްރީޓާއި ޓައި ބީމް މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 10,276 އަަކަ ފޫޓުގެ އެއް ފަންގިފިލާ ހިމެނޭ އިމާރާތެއް ހެދުމުގެ މަސައްކަތުގެ އިތުރުން މި އިމާރާތުގެ ތެރޭގައި ދެ ކްލާސް ރޫމާއި، އެއް އައިސީޓީ ލެބާއި، އެއް ލައިބްރަރީއާއި ދެ ވޯކްޝޮޕް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

ސަރުކާރުން ހިންގާ މި މަޝްރޫއަކީ 11.91 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.