ކުރިއަށް އޮތް ރަމަޟާން މަހު މާލެސިޓީގެ ނޫރު މިސްކިތުގައި ތަރާވީހު ނަމާދު ކުރުމަށް އެގާރަ އަހަރުގެ އިޒްކާން ނަމަކަށް ކިޔާ ކުއްޖަކު ހަމަޖައްސައިފިއެވެ.

މިކަން ހާމަކުރައްވައި އެކްސް.ކޮމްގައި އިސްލާމިކް މިނިސްޓަރީން ވަނީ ޕޯސްޓެއް ކޮށްފައެވެ.

އެ ޕޯސްޓުގައި އިސްލާމިކް މިނިސްޓްރީން ބުނީ ނޫރު މިސްކިތުގައި ތަރާވީހު ނަމާދުކުރަން، އެމިނިސްޓަރީ އިން 11 އަހަރުގެ ކުޑަކުއްޖަކު ހަމަޖައްސައިފިކަމަށެވެ. ނޫރު މިސްކިތުގައި މިއަހަރުގެ ރޯދަމަހު ތަރާވީހު ނަމާދު އިމާމުވެ ކުރާ ގޮތަށް އިސްލާމިކްމިނިސްޓަރީން ހަމަޖައްސާފައިވަނީ އަލްހާފިޒް އިޒްކާން އަޖީބު ހުސެއިން އެވެ.

މި ހާއްސަވެގެންވާ ދީނީ ޒިންމާއާ ހަވާލުވެފައިވާ އިޒްކާންއާ ބައްދަލު ކުރައްވައި، އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީސައީދު ވަނީ މިހާ ޅަ އުމުރުގައި އިޒްކާން ހޯއްދެވި ފާހަގަކޮށްލެވޭ ކާމިޔާބީ ފާހަގަކުރައްވަވާފައެވެ. އަދި މިކަމަށް ވަޒީރު ޑރ ޝަހީމް ވަނީ އިޒްކާންއަށް ހިތްވަރު ދެއްވައިފައެވެ.

ހަމަމިއާއެކު، އިޒްކާން ދެމުންގެންދާ ހިދުމަތަށް މިނިސްޓަރު ވަނީ ޝުކުރު ވިދާޅުވެފައެވެ.