މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު ތިންލައްކައާ ގާތްކޮށްފިކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 294،923 ފަތުރުވެރިން އައިސްފައެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 253،841 ފަތުރުވެރިންނަށްވުރެ %16.2 އިތުރު ޢަދަދެކެވެ.

ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7،888 ފަތުރުވެރިން ރާއްޖެއަށް އަންނައިރު މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖެއަށް ވަނީ 192،385 ފަތުރުވެރިން އައިސްފައެވެ. އަދި މި މަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް 102،538 ފަތުރުވެރިން އައިސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިހާރު އެންމެ ގިނަ ޢަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އަންނަ ތަރުތީބަކީ:

  1. ޗައިނާ

  2. ރަޝިޔާ

  3. އިޓަލީ

  4. އިނގިރޭސިވިލާތް

  5. އިންޑިއާ