ރާއްޖޭގައި ހުޅުވާ އިސްރަށްވެހިންގެ ފުރަތަމަ އިޖުތިމާއީ މަރުކަޒު، މިއަދު ހަވީރު ހުޅުވާ ގޮތަށް ނިންމައިފިއެވެ.

"އިސްރަށްވެހިންގެ ނާދީ" ގެ ނަމުގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ކުރިން ހިންގި އިމާރާތުގައި ގާއިމުކޮށްފައިވާ އިސްރަށްވެހިންގެ ފުރަތަމަ އިޖުތިމާއީ މަރުކަޒު މިއަދު ހަވީރު 4:00ގައި ހުޅުއްވައި ދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އިސްރަށްވެހިންނަށް މުޖުތަމައުގައި ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމަށްޓަކައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުގެ ތެރެއިން މިއީ ފުރަތަމަ މަރުކަޒުކަމަށްވާއިރު މިއީ މި ސަކުރާކުގެ މެނިފެސްޓޯގައި ހިމެނިފައިވާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.

މުޖުތަމައުގައި އިސްރަށްވެހިން އަދާކުރާ ދައުރު ފުޅާކުރުމާއި އިޖުތިމާއީ ކަންކަމުގައި އިސްރަށްވެހިންނަށް ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމުގެ ބޭނުމުގައާއި އެ މީހުންގެ ނަފްސާނީ، އިޖުތިމާއީ ދުޅަހެޔޮކަން އިތުރު ކުރުމަށް މަގު ފަހިކޮށް ދިނުމުގެ މަގުސަދުގައި ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދު ރާއްޖެތެރޭގައި، މި މަރުކަޒުތައް ގާއިމު ކުރަން ހަމަޖައްްސާފައި ވަނީ އިސް ރަސްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަގީންކުރުމަށްޓަކައި ކަނޑައެޅޭ ތަފާތު ހިދުމަތްތަކެއް ހިމެނޭގޮތަށެވެ.