ރަށް ރަށުގެ މައި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތާއި މަގުހެދުމުގެ މަސައްކަތް ބަޖެޓް ކުރެވި ހަމަޖެހިގެން ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން ދެއްވާފައިވަނީ ފ.ފީއަލީ، ހަނދުވަރީ މަންޒިލް، އިބްރާހީމް ޝަނޫން، އެ ރަށު ބިން ހިއްކުން، ބަނދަރު ހެދުން، އަދި މަގު ހެދުމުގެ މަޝްރޫޢުގެ ކަންކަން ކުރިއަށްދާނެގޮތެއް އޮޅުންފިލުވުމަށް ދެންނެވި ސުވާލަށް، ޖަވާބު ދެއްވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ފީ އަލީގެ ބިންހިއްކުމުގެ މަސައްކަތުގެ ތެރެއިން އެމްޓީސީސީން ކުރަމުންދާ މަސައްކަތަކީ ރިވެޓް ޖެހުމަށްޓަކައި ބޮޑު ހިލަ ގެންދިޔުމުގެ މަސައްކަތް ކަމަށެވެ. އަދި އެމަސައްކަތް އަވަސް ކޮށްދިނުމަށް އެމަނިކުފާނު އެދިލައްވާފައި ވާނެ ކަމަށާ ލަސްތަކެއްނުވެ އެކަން ފެށި ނިމިގެންދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، ފީއަލީގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ވެސް އެމަނިކުފާނު ކުރިއަށް ގެންދަވާނެ ކަމަށެވެ.