ކޮސޯވޯގެ 16 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، ކޮސޯވޯގެ ރައީސް ވިޔޯސާ އޮސްމާނީއަށާއި، ބޮޑުވަޒީރު އަލްބީން ކުރްތީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.

ރައީސް، އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، އެމަނިކުފާނު ވަނީ ކޮސޯވޯގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ވަރަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

އެމަނިކުފާނު ފޮނުއްވި ދެ މެސެޖުވެސް ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ކޮސޯވޯގެ ރައީސަށާއި ބޮޑުވަޒީރަށް، ދުޅަހެޔޮ ސިއްހިތާއި އުފާފާގަތިކަމަށް އެދިވަޑައިގަންނަވައި، ކޮސޯވޯގެ ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވައި، އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.