މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އެކްސެލް އިންޓަނޭޝަނަލް ސްކޫލު ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި މަހުގެ 17 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި، މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި އެއްގަމު އުޅަނދުގައި ދަތުރުކުރާއިރު ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަން އެ ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ކިޔައިދީފައިވާކަމަށެވެ. އަދި މަގުމަތީގައި ބޭނުންކުރާ އެކި ސައިންބޯޑުތައް ދައްކައި އެ ބޯޑުތަކުގެ ބޭނުމާއި އެހެނިހެން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެ އިތުުރަށް ފުލުހުން ބުނީ މަގު ހުރަސްކުރާއިރު ސަމާލުކަން ދޭންޖެހޭ ކަންކަން ބުނެދީ އަދި ދަސްކޮށްދިނުމަށް ކަފިހިހުރަސް ކައިރީގައި ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މާފަންނު ނެއިބަހުޑް ފުލުހުންނާއި ރޯޑް ސޭފްޓީ އެވެއާނަސް ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެ ސްކޫލުގެ 213 ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ.