ހަށިގަނޑުގައި ފެން އިތުރުކުރުމަށް މަސައްކަތް ކުރުން ނޫން މާބޮޑު ހައްލެއް ނުވަތަ ބޭސް ފަރުވާތަކެއް ޑީހައިޑްރޭޓްވުމަކަށް ނެތެވެ. ފެން ގިނަ ކާނާ ކެއުމަށްވެސް ސަމާލުވާން ޖެހޭނެއެވެ. އެގޮތުން މޭވާއާއި ތަރުކާރީފަދަ ތަކެތީގެ ތެރެއިން ފެންގިނަ ބާވަތްތަކަށް ސަމާލުކަން ދޭން ވާނެއެވެ. އެގޮތުން
- ސްޓްރޯބެރީ އާއި ކަރާގެ91 އިންސައްތައަކީ ފެނެވެ.
- ލެޓިއުސްގައި 96 އިންސައްތަ ފެން ހުރެއެވެ.
- ސެލެރީގައި 95 އިންސައްތަ ފެން ހިމެނެއެވެ.
ދުވާލެއްގެ މައްޗަށް އަށްތަށި ފެންބުއިމޭ ބުނުމުގެ މާނައަކީ ގުނައިގެން އަށެއްކަ ކޯވަރު ހަށިގަނޑަށް ފޮނުވާލާފައި ދެން ފެނާ ދުރުވުމެއް ނޫނެވެ.
އެހެނެއްކަމަކު ފެނާއި ތާޒާ މޭވާގެ ބުއިން، ނޫނީ އެހެންވެސް ބުއިމަކުން އެތެރެހަށި ފިނިކޮށް ހަމަޖައްސާލުމަކީ މި ފެންމަދުވުމުގެ މައްސަލައަށް އޮތް ނުހަނު ލުއި އަދި ފަސޭހަ ހައްލެކެވެ.
ރޯދައަށް ހުރުމަކީވެސް ޑީހައިޑްރޭޓް ވާ ކަމެކެވެ. އަދި މޫސުމަށްއަންނަ ބަދަލުންވެސް މިމަައްސަލަ ދިމާވެދާނެއެވެ.
އެހެންނަމަވެސް މިއީ ހައްލު ނުހޯދޭ ވަރުގެ ބޮޑު ކަމެއްވެސް ނޫނެވެ.
ކުރިއަށް މި އޮތީ ރޯދަ މަސްކަމަށް ވުމާއެކު، ޑީހައިޑްރޭޓްވުމުން ރައްކާތެރިވެ ސަލާމަތްވުމަށް ރޯދަ ވީއްލުމަށްފަހު ހާރުކައި ނިމުމާ ހަމައަށްވެސް ދިޔާތަކެއްޗާއި ފެން ގިނަގައިން ބުއިމަކީ އެންމެ ރަނގަޅު އަދި މޮޅު ފަރުވާއަކަށް ވާނެއެވެ.
އަދި މިއީ ރޯދައަށް ހުރުމުން ދިމާވާ ފެންމަދުވުމަށްވެސް ދެވޭ ފަރުވާއެވެ