އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ 2020 ގްރޫޕް ބީ ގެ މެޗުތައް ކުޅެ ނިމިއްޖެއެވެ. ބީ ގްރޫޕުގެ މެޗުތައް ނިމުނުއިރު އެއްވަނައިގައި އޮތީ ފޭދޫ ސްޕޯޓްސް، އެވެ.

މިމުބާރާތުގައި ގްރޫޕް ބީ ގެ މެޗުތައް ނިމުމާއި އެކު، ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއްވެސް ކުޅެ ނިމުނީއެވެ. ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި އިއްޔެ ބައްދަލު ކުރީ ފޭދޫ ސްޕޯޓްސް އާއި މެދުވަލު އެފްސީއެވެ. މިއީ މި ދެޓީމުގެ ބައްދަލު ކުރި ދެވަނަ މެޗެވެ. މި މެޗުން ފޭދޫ ސްޕޯޓްސް މޮޅުވެފައިވަނީ، 1-4 ލަނޑުންނެވެ. މިއާއެކު ފޭދޫ ސްޕޯޓްސް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 12 ޕޮއިންޓާ އެކު ގްރޫޕު އެއްވަނަ ވަނީ ދިފާއުކޮށްފަައެވެ.

ފޭދޫ ސްޕޯޓްސް އާއި މެދުވަލު އެފްސީ އިއްޔެ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ދާދި ހަމަޖެހިލައިގެން ކުޅެމުންދިޔަ ތަނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 14 ވަނަ މިނެޓުގައި ފޭދޫ ސްޕޯޓްސްގެ މުހައްމަދު ރިޒްނީހްއެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ އިތުރު ލަނޑެއް ނުފެނިއެވެ.

ދެވަނަ ހާފު ފަށައިގެން 55 ވަނަ މިނެޓުގައި މެދުވަލު އެފްސީގެ ހުސެއިން ޝާރިގް އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ، މިހާފުގައި ފޭދޫ ސްޕޯޓްސް މެޗު ކޮންޓްރޯލް ކުރި ތަން ފެނިގެން ދިޔަ އިރު، އެޓީމުގެ ހުސެއިން ލަތީފް 59 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ޓީމަށް ލީޑު ނަގައިދިނެވެ. މެޗުގެ ފޭދޫ ސްޕޯޓްސް އަށް ލީޑު ފުޅާ ކޮށްދިނީ އެޓީމުގެ އަހުމަދު ޒައުލް އެވެ. އެގޮތުން އޭނާ 68 ވަނަ މިނެޓުގައި އަދި 89 ވަނަ މިނެޓުގައި އެޓީމަށް ލަނޑު ޖަހައިދީ ޓީމަށް ލީޑު ފުޅާ ކޮށްދިނެވެ.

ދެން ކުޅޭނީ މިމުބާރާތުގެ ސެމީގެ މެޗުތަކެވެ. ސެމީގެ ފުރަތަމަ މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުއެވެ. ބައްދަލު ކުރާނީ މެދުވަލު އެފްސީއާއި ބޭރު މަތިއެވެ. ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ފޭދު އާއި ފާހި ސްޕޯޓްސް އެވެ. އެ މެޗުކުޅެނީ އާދީއްތަ ދުވަހުއެވެ.