ރ. އުނގޫފާރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ކޮނުމާއި ބިން ހިއްކުމުގެ މަސައްކަތުގެ 63 އިންސައްތަ ނިމިއްޖެކަމަށް އެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫއުގެ ދަށުން:

  • 10 ހެކްޓަރުގެ ބިން ހިއްކުން
  • 838.60 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން
  • 75 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

އެކުންފުނިން ބުނި ގޮތުގައި މި މަޝްރޫއަކީ 71.08 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.