ތޫނު ހަތިހާރު ބޭނުންކުރުމާއި މަރުގެ އިންޒާރު ދިން މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ، ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ތޫނު ހަތިިޔާރު ގެންގުޅުމާއި މުދަލަށް ގެއްލުން ދިނުމާއި މަރުގެ އިންޒާރު ދިނުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހޯދަމުން ދަނީ ސ. ފޭދޫ / އިލާ، މުހައްމަދު އައިދު ސައީދު (24އ) އެވެ.

މުހައްމަދު އައިދު ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792058 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.