މާލޭ މަގުމަތީގައި ދުއްވާފައި ޕިކަޕެއްގެ ތެރޭގައި ފިރިހެނަކު އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖެއްސި މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ މީހާ އެ އަމަލުތަކަކީ އެ ޕިކަޕްގެ ފަހަތުން ދާ ސައިކަލުތަކުގައި ތިބި މީހުންނަށް ދެއްކުމުގެ ގޮތުން ކުރި ކަމެއްގެ ގޮތުގައިވެސް ދޭހަވެއެވެ. މިކަމާ ގުޅިގެން އާންމުންވެސް ވަނީ އެ އަމަލަކީ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ ގޮތުން ހިންގި އަމަލެއްކަން ދޭހަވާ ކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން ފުލުހުން އިތުރަށް ބުނީ އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 އަށް ގުޅާ ހިއްސާކުރަން އެދޭ ކަމަށެވެ.