ބާސެލޯނާގެ އޮފިޝަލް ލެޖެންޑުންގެ ލިސްޓުން ޑެނީ އަލްވޭސްގެ ނަން އުނިކޮށްފިއެވެ.

ލެޖެންޑުންގެ ލިސްޓުން އަލްވޭސް އުނިކުރަން ބާސާއިން ނިންމާފައިވަނީ, މިމަހުގެ 22 ވަނަ ދުވަހު އަލްވޭސްގެ މައްޗަށް އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ކުށް ސާބިތުވުމުންނެވެ. ކުށް ސާބިތުވުމާއެކު އަލްވޭސް ހަތަރު އަހަރާއި ހަމަހަށް ޖަލަށް ލާން ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އަލްވޭސްގެ ގާނޫނީ ވަކީލު ކަމުގައިވާ އިނޭސް ގާޑިއޯލާ ވަނީ އެމައްސަލަ އިސްތިއުނާފަށް ހުށައަޅާނެ ކަމަށް ބުނެފައެވެ. އަލްވޭސް ވަނީ ތަކުރާރުކޮށް އޭނާއާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައެވެ.

އަލްވޭސް ވަނީ ބާސާއަށް މުޅިއަކު 408 މެޗު ކުޅެދީފައެވެ. އޭނާ ވަނީ ބާސާގައި, 6 ލީގު ތަށީގެ އިތުރުން 3 ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އޭނާއަކީ, 44 ތަށްޓާއެކު, ފުޓުބޯޅައިގައި އެންމެ ގިނަ ތަށި ކާމިޔާބު ކޮށްފައިވާ ކުޅުންތެރިޔާއެވެ.