ނިއުޔޯރކް ޓައިމްސްއިން ބުނާ ގޮތުގައި އެމެރިކާ ރައީސް ޓްރަމްޕަކީ ޓެކްސްއަށް އޮޅުވާލާ ރައީސެކެވެ. އޭނާ ޓެކްސް ނުދައްކަވާ ކަމަށް ތުހުމަތުކޮށް ނިއުޔޯރކް ޓައިމްސްއިން ވަނީ ރިޕޯޓްކޮށްފައެވެ.

އަނެއްކޮޅުން އެމެރިކާގެ ވެރިން ދެފުށް ފެންނަން ޖެހޭނެ ކަމަށް ވިދާޅުވެ، ރިއާސީ އިންތިޚާބުގެ ވާދަވެރި ކެންޑިޑޭޓް ޖޯ ބައިޑެން ވަނީ އޭނާގެ 22 އަހަރުގެ ޓެކްސް ރިޕޯޓް ހުށަހަޅުއްވާފައެވެ.

މިދިޔަ އަހަރު އޭނާގެ ދެމަފިރިން ތިން ލައްކަ ޑޮލަރުގެ އިންކަމް ޓެކްސް ދައްކަވަފައި ވެއެވެ.

އެއާ ޚިލާފަށް މަގާމުގެ ހައިސިއްޔަތުން ބޮޑު މާލީ މަންފާއެއް ލިބިގެން ދިޔަކަމަށް ނިއުޔޯރކް ޓައިމްސްއިން ސިފަ ކުރި ޓްރަމްޕް ދައްކަވާފައިވަނީ ޓެކްސްގެ ގޮތުގައި 750 ޑޮލަރެވެ. އަދި މިދިޔަ 15 އަހަރުގެ ތެރޭން ދިހަ އަހަރު ދުވަހުގެ ތެރޭ އޭނާ އެއްވެސް ޓެކްސްއެއް ދައްކަވާފައެއް ނުވެއެވެ.

ބައިޑެންގެ ރަނިންގ މޭޓް އިންޑިއާ ދަރިކޮޅުގެ ކަމެލާ ހެރިސްގެ ލޯ ފާރމަށް 33. މިލިއަންގެ ފައިދާއާއެކު 1.1 މިލިއަން ޓެކްސްގެ ގޮތުގައި ދައްކާފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.