ދާދި ފަހުން ޔުނައިޓެޑުގެ ބޮޑު ހިއްސާއެއް ގަން އައިއެންއޯއީއެސް އޭނާއަށް އިތުބާރު ކުރާ ކަމަށް ޓެންހާގް ބުނެފިއެވެ.

ޓެންހާގް މިހެން ބުނެފައިވަނީ ފުލަމްއާއި ޔުނައިޓެޑު ބައްދަލުކުރި މެޗުގެ ކުރިން ދިން އިންޓަވިއުއެއްގައެވެ. މިއިންޓަވިއުގައި އެތައް ރިޕޯޓަރުންނެއް ވަނީ ޔުނައިޓެޑުގެ އާ ވެރިންގެ ރުހުން އޭނާއަށް ލިބިފައިވޭތޯ ސުވާލު އުފައްދާފައެވެ.

"އަހަންނަށް އެނގޭ އަހަރެން މިކްލަބުގެ މިކުރަނީ ކޮން ކަމެއްކަން. އަހަރެން ސާރ ރެޓްކްލިފްއާ ވަރަށް ގިނައިން ވާހަކަދައްކަން އަހަންނާ މިކްލަބުގެ ގުޅުމާ މެދު. އަހަންނަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ އަހަންނަށް އެބޭފުޅުން އިތުބާރުކުރާ ކަމަށް" އިންޓަވިއުގައި ވާހަކަދައްކަމުން ޓެންހާގް ބުންޏެވެ.

ފަހަކަށް އައިސް އެންމެ އެދެވޭ ފަދަ ނަތީޖާތަކެއް ޔުނައިޓެޑަށް ނެރެވިފައިނުވާތީ ޓެންހާގްގެ ކުރިމަގާ މެދު އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ނަމަވެސް ޓެންހާގް އަންނަނީ ތަކުރާރުކޮށް, ޓީމުގެ ކުޅުން ރަނގަޅު ކަމަށާއި ޓީމުގެ ނަތީޖާތައް ރަނގަޅު ނުވަނީ އިންޖަރީތައް ގިނަކަމުން ކަމަށް ބުނަމުންނެވެ.