އައްޑޫ ސިޓީ ހުޅުމީދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

އެޗްޕީއޭ އިން ބުނީ އެރަށުން ޕޮޒިޓިވްވެފައި ވަނީ މަސައްކަތެއް ކުރުމަށްޓަކައި އެރަށަށް ދިޔަ ކުންފުންޏެއްގެ ބިދޭސީ މުވައްޒަފުންތަކެއް ކަމަށެވެ. އެ މުވައްޒަފުންނާ ކޮންޓެކްޓްވި ބައެއް ބިދޭސީން ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.

އައްޑޫ ސިޓީ ކައުންސިލް މެމްބަރަކު ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންއަށް މައުލޫމާތު ހޯދަން ސުވާލުކުރުމުން އެ ބިދޭސީން ހެދީ ދޮގު ކަމަށެވެ. އެކަމުގެ ސަބަބުން ބިރުވެރިކަން ވަނީ ބޮޑުވެފަ އެވެ.

އެ ބިދޭސީން އެރަށު ފިހާރަތަކުން ވިޔަފާރިކޮށްފައިވާ ކަމަށާއި ނަމަވެސް އެމީހުން އެކަމަށް އެއްބަސްވުނާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްއީއޯސީން ބުނީ އެ ބިދޭސީން މަސައްކަތް ކުރާ ސައިޓްގައި ޖުމްލަ 60 މީހުން އެބަ ތިބި ކަމަށެވެ.