އަލިފާނުގެ ހާދިސާތަކުން ރައްކާތެރިކުރުވުމުގެ ޕްރޮގްރާމެއް ފ. އަތޮޅުގެ ރަށްރަށުގައި ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި ދިޔަ މަހުގެ 24 އިން 29 އަށް އެ ރަށްރަށުގައި ވަކިވަކިން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ނިލަންދޫ ޕޮލިސް ސްޓޭޝަނާއި ނިލަންދޫ ފަޔަރ ސްޓޭޝަން އަދި ރަށްރަށުގެ ކައުންސިލުތައް ގުޅިގެން، އާންމު ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމްގައި، އަލިފާނުގެ ހާދިސާތައް އާންމުކޮށް ހިނގާ ސަބަބުތަކާއި ބަދިގޭގައި ނުވަތަ ގޭތެރޭގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރަންވީ ގޮތްތައް ކިޔައިދީފައިވެއެވެ.

މީގެއިތުރުން، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ފަޔަރ ބްލޭންކެޓް އަދި އަލިފާން ނިއްވާފުޅި ބޭނުންކޮށްގެން އަލިފާން ނިއްވުމަށް ކަންކުރަންވީ ގޮތް އޮޅުންފިލުވައިދީ އަދި އަލިފާން ނިއްވުމަށް ބައިވެރިން ފަރިތަކުރުވާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި ޕްރޮގްރާމްގައި ފ. އަތޮޅުގެ އެކި ރަށްރަށުން 157 މީހުން ބައިވެރިވިއެވެ.