ލިވަޕޫލުގެ ގޯލްކީޕަރު އެލިސަން ބެކާގެ އިންޖަރީ ސީރިއަސް ކަމަށް އެޓީމުގެ ކޯޗު ޔާގަން ކްލޮޕު ބުނެފިއެވެ.

އެލިސަންގެ އިންޖަރީއަކީ ކުޑަ އިންޖަރީއެއް ނޫން ކަމަށާއި, ކައިރި މުސްތަގުބަލެއްގައި ކުޅުމުގެ ތެރެއިން އެލިސަން ނުފެނިދާނެ ކަމަށް ކްލޮޕު ބުންޏެވެ.

"އެލިސަންއަށް ދިމާވެފައިވަނީ ވަރަށް ސީރިއަސް އިންޖަރީއެއް. އޭނާ ރަނގަޅުވާނެ ދުވަހެއް ބުނަން ދަތި. އެކަމަކު މިސީޒަނުގައި އަދި އޭނާއަށް ކުޅެވޭނެ" އެލިސަންގެ އިންޖަރީއާ ބެހޭ ގޮތުން ވާހަކަދައްކަމުން ކްލޮޕު ބުންޏެވެ.

ލިވަޕޫލުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ, އެލިސަން އިންޖަރީ ވެފައިވަނީ ފެބްރުއަރީ މަހުގެ މެދު ތެރޭގައި ޓީމުގެ ފަރިތަކުރުންތަކުގެ ތެރޭގައެވެ. ޓީމުގެ ފަރިތަކުރުންތަކުގައި އޭނާގެ ފައި ފަލަމަސްގަނޑަށް ދިމާވި އަނިޔާއާ ގުޅިގެން, ޓީމުގެ ވަރަށް މުހިއްމު މެޗުތަކެއްގައި އެލިސަން އަށް ވަނީ ކުޅެވޭ ގޮތް ނުވެފައެވެ.