މެރިން ޕޮލިސް ލޯންޗުގައި މިއަދު ހެނދުނު ފުވައްމުލަކުން ގދ. އަތޮޅަށް ދަތުރު ކުރަމުން ދަނިކޮށް ގދ. ގަމާ ދިމާއިން ކަނޑުމަތިން އޮޔާ ދަނިކޮށް 10 ޑައިވަރުން ސަލާމަތްކޮށްފިއެވެ.

ފުލުހުން ބުނީ މެރިން ޕޮލިސް ލޯންޗަށް އެ ސަރަހައްދުން ރަޝިއާގެ 10 ޑައިވަރުންނާއި 4 އިންސްޓްރަކްޓަރުން ނަގާ ސަލާމަތްކޮށްފައިވާ ކަމަށާއި އެ މީހުންގެ ތެރޭގައި ދިވެހި 3 އިންސްޓްރަކްޓަރުން ހިމެނޭ ކަމަށެވެ.

މީގެއިތުރުން ޕޮލިސްގެ ލޯންޗުގައި އެމީހުން ގދ. ގައްދޫއަށް ގެންގޮސްފައިވާ ކަމަށާއި އެންމެންގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.