މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމުގެ ގޮތުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ފުރިހަމަކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކިނޮޅަހު ކައުންސިލާއެކު ހޮނިހިރުދުވަހުގެރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ ރ. މީދޫ ކައުންސިލުގެ އިދާރާގައެވެ.

މިބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށްގިރަމުންދާ ސަރަހައްދުތައް ހިމާޔަތްކުރުމާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އައު އިމާރާތެއް އެޅުމާއި އައު މިސްކިތެއްގެ މުހިންމުކަމާއި ފުޓްސަލް ދަނޑު ރަނގަޅުފެންވަރަށް ހެދުމާއި ވޮލީކޯޓް މަރާމާތުކުރުން، އަދި އިންޑޯޖިމެއްގެ މުހިންމުކަން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި މަސައްކަތްކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.