ބޭނުންވާ ތަކެތި

1 ކިލޯ ކުކުޅު (ބޮޑެތިކޮށް ކޮށާފައި)

2 މޭޒުމަތީ ސަމުސާ ޕްލޭން ޔޯގަޓް

1 މޭޒުމަތީ ސަމުސާ އިނގުރު ( ޗިސްކޮށްފައި)

1 މޭޒުމަތީ ސަމުސާ ލޮނުމެދު ( ޗިސްކޮށްފައި )

1 ސައި ސަމުސާ ރީނދޫ

2 މޭޒުމަތީ ސަމުސާ ކުކުޅު ހަވާދު

3 މޭޒުމަތީ ސަމުސާ ކުކިންގް އޮއިލް

3. ފިޔާ

3 ޖޯޑު ހަނޑޫ

1 ކާށީގެ ކިރު

1 ސައި ސަމުސާ ގަރަމް މަސާލަ

50 ގްރާމް ހިކި މޭބިސް ކަދުރު

80 ގްރާމް ކަޖޫ ނަޓް / ކަނަމަދު

ރަހަލާ ވަރަށް ލޮނު

ފެން

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ހަނޑޫކޮޅު ދޮވެލުމަށްފަހު ތޮރުފި ތައްޓެއްގައި ހިއްކާލަން ބަހައްޓާށެވެ. ދެން ކޮށާފައި ހުރި ކުކުޅުގެ ތެރެއަށް ޕްލޭން ޔޯގަޓް އިނގުރު ލޮނުމެދު މުގުރި މިރުސް ކުކުޅު ހަވާދާއި 1 ސަމުސާ ލޮނު އަޅައިގެން ރަނގަޅަށް މޮޑެލާށެވެ. އެއަށް ފަހު 15 މިނެޓެއްހާއިރު ބަހައްޓާލާށެވެ. ދެން ތެއްޔަކަށް 3 ސަމުސާ ތެޔޮ އެޅުމަށް ފަހު ކުކުޅުތައް އޭގައި އަތުރައި ރަނގަޅަށް ތެއްލައިލާށެވެ.

ތެއްލަމުން ދާއިރު ކުކުޅުތައް ދޭ ފަތަކުން ފުށުން ޖަހަން ވާނެއެވެ. ކުކުޅުތައް ރޯ ފިލުމުން ތެލިން ނަގާ ތައްޓެއްގައި އަތުރާށެވެ. އެއަށް ފަހު ކުކުޅުތައް ތެއްލި ތެއްޔަށް 3 ފިޔާ ތުނިކޮށް ކޮށާލާފައި އަޅާލާށެވެ. ފިޔާތަކަށް މުށި ކުލަ އަރަން ދެން ތެލު ލުމަށް ފަހު ނަގާށެވެ. ދެން ކަޖޫ ނަޓް ކޮޅާއި ހިކި މޭބިސްކަދުރު ކޮޅުވެސް އެތެލީގައި ތެއްލާލުމަށްފަހު ނަގާށެވެ. އަނެއްކާވެސް ތެއްލި ފިޔާކޮޅުގެ ދެބައި ކުޅަ އެބައި ހަމަ އެ ތެލީ ތެރަށް އަޅާށެވެ. ދެން ދޮވެ ހިއްކާފައި ހުރި ހަނޑޫކޮޅުވެސް ތެއްޔަށް އަޅައި ހަނާ ކޮށްލާށެވެ. ހަނާ ކޮށްލެވޭ ވަރަށް ތެޔޮ ނެތް ނަމަ ސަމުސަލެއްހާ ތެޔޮ އަޅާލާށެވެ. ހަނޑޫގަނޑު ރަނގަޅަށް ތެއްލެވުނީމައި ކުޑަ އިނގުރު ކޮޅެއް ގާނާ އެއްކޮށްލާށެވެ. އެއަށް ފަހު ތެއްލާފައި ހުރި ކުކުޅުތައްވެސް ހަނޑުލާއި އެއްކުރާށެވެ. ދެން ކިރު އަޅައި ލޮނު ހެޔޮވަރުކޮށް ބަތް ކޮޅު ކައްކާލާސެވެ. މަތިން ހިނދެން ކައިރިވީމާ ގަރަމް މަސާލާ ކޮޅު އަޅާ އެއްކޮށްލާށެވެ. ބަތްކޮޅު ހިނދުމުން ތެއްލާފައި ހުރި ފިޔައިގެ އަނެއް ބަޔާއި ކަޖޫނަޓާއި ހިކި މޭބިސް ކަދުރު އަޅާލާށެވެ.

މީ ވަރަށް މީރު އެހާމެ ފަސޭހައިން ކުޑަ ވަގުތުކޮޅަކުން ތައްޔާރު ކޮށްލެވޭނެ ބިރިޔާންޏެކެވެ.