ޗައިނާ ސަރުކާރުން ހަދިޔާކޮށްފައިވާ، ގްރީން 12 އެމްބިއުލާންސް، ޞިއްޙީ ވުޒާރާއަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު ކުރިއަށްދިޔައީ އިއްޔެ ހަވީރު ރޯޝަނީ ބިލްޑިންގގައެވެ.

އެ އެމްބިއުލާންސްތަކާއެކު، ކާރިސާ ވަގުތުތަކުގައާއި، އެމެޖެންސީ އަދި އެކްސިޑެންޓް ތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްހީ ކުއްލިފަރުވާ، ރަށްތަކުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ. އަދި ބޮޑެތި ޕެރަމެޑިކް އެމްބިއުލާންސްތައް ދުއްވުމަށް ދަތިވާ ކުދި ރަށްތަކުގައި ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި އިތުރު ފަސޭހަކަމެއް ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި، އެމްބަސީގެ ފަރާތުން ހަދިޔާކުރި ގްރީން އެމްބިއުލާންސްތައް ސިއްހީ ވުޒާރާއާ ހަވާލުކުރުމުގެ ސެޓްފިކެޓުގައި ސޮއިކުރެއްވުންވެސް އޮތެވެ.