ހއ. އިހަވަންދޫގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން، މިހާރު ކުރިއަށް ދަނީ މަގުތަކުގެ ކާބްސްޓޯން އަދި ކޭބަލް ޖަންކްޝަން ކާސްޓް ކުރުމުގެ މަސައްކަތްކަމަށް އެ މަޝްރޫއު ހިންގަމުން އަންނަ ކުންފުނި ކަމުގައިވާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ން ބުނެފިއެވެ.
އާރްޑީސީން އިތުރަށް ބުނީ އިހަވަންދޫ ސައިޓު ހެދުމުގެ މަސައްކަތްތައްވެސް ކުރިއަށް ދާ ކަމަށެވެ.
އާރްޑީސީން މި މަސައްކަތް ކުރިއަށް ގެންދަނީ ސީއެސްއާރު މަސައްކަތްތަކުގެ ދަށުންނެވެ. މީގެއިތުރުން އެ ކޯޕަރޭޝަނުން ވަނީ ސީއެސްއާރުގެ ދަށުން މާލެގެ އިތުރުން ރަށްރަށުގައިވެސް އެކި މަސައްކަތް ކޮށްފައެވެ.
އެގޮތުން އިއްޔެވެސް އެ ކޯޕަރޭޝަނުން ވަނީ ބުރުޒުމަގުން އައިޖީއެމްއެޗްގެ އެމްބިއުލާންސްތައް އެމަޖެންސީއަށް ވަންނަ ސަރަހައްދުގެ މަގު މަރާމާތުކުރުމުގެ މަސައްކަތްކޮށްފައެވެ.