ލިޔުނީ: އަޒްހީން

މޭވާގެ ރަސްގެފާނުގެ ގޮތުގައި ސިފަކުރާ ފޮނި ފައިދާ ތަކެއް "މޭވާގެ ރަސްގެފާނު" ގެ ނަމުން މަޝްހޫރުވެފައިވާ އަނބަކީ މުއްސަނދި ތާރީހެއް އަދި ހިތްގައިމު ނިއުޓްރިޝަނަލް ޕްރޮފައިލްއެއް އޮތް މޭވާއެކެވެ.

އިންޑިޔާ އާއި ދެކުނު އިރުމަތީ އޭޝިއާއަށް ނިސްބަތްވާ މި މޭވާގެ އެކި ވައްތަރުތައް ހުރެއެވެ. އަނބުން ލިބެދޭ ފައިދާތަކަށް ބަލާއިރު، އެއް ތަށި ތާޒާ އަނބުގައި ވަރަށް ގިނަ ފައިދާތައް ހުރެއެވެ. ގިނަ އަދަދަކަށް ވިޓަމިން ސީ، ވިޓަމިން އޭ އަދި ވިޓަމިން އީ ގެ އިތުރުން ކޮޕަރ އަދި ފޯލޭޓް ފަދަ ޒަރޫރީ މިނަރަލްތައް ފޯރުކޮށްދެއެވެ. އަނބުން ލިބިދޭ ފައިދާއަށް ބަލާއިރު ހަކުރު ބަލިން ރައްކާތެރިވުމަށްވެސް އަނބު އެހީތެރިވެދެއެވެ. އެކަމަކު އެއީ އެކަށީގެންވާ މިންވަރެއްގައި ކެއުން ބަހައްޓައިގެންނެވެ.

ފައިބާ އާއި ޕޮލިފެނޮލް ގިނަވުމަކީ ހަޖަމުކުރުމުގެ ސިއްހަތް ރައްކާތެރިކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަނބުގައި ވަރަށް ގިނަ އެންޓިއޮކްސިޑެންޓް ވެސް ހިމެނެއެވެ. ވިޓަމިން އޭ އާއި ދިފާއީ ބާރު ގަދަކޮށްދޭ މާއްދާތައް ހިމެނޭއިރު އަނބުގައި އެކުލެވޭ ނިއުޓްރިއެންޓްސްގެ މުއްސަނދިކަމުން ހިތާއި ލޮލުގެ ދުޅަހެޔޮކަމަށް އެހީތެރިވެދީ، ކެންސަރުގެ ނުރައްކާ ކުޑަކޮއްދޭކަމަށް ދިރާސާތަކުން ދައްކައެއެވެ. ތަފާތު ކެއުންތަކުގައި ހިމެނުމަށް ފަސޭހަ، އަނބަކީ ސިއްހަތަށް ފައިދާހުރި މޭވާއެއް ކަމުގައި ވިޔަސް، ހަކުރުގެ މިންވަރު ގިނަކަމުން އޭގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމުށް މެދުމިނެއްގައި ކެއުމަކީ މުހިންމު ކަމެކެވެ.

މައުލޫމާތު. ހެލްތުލައިން.ކޮމް