ނިލަންދެއަތޮޅު ދެކުނުބުރިއަށާއި، މުލަކަތޮޅު އަދި ފެލިދެއަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެ އަތޮޅު ގުރައިދުއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިއަދު ވަޑައިގެންފިއެވެ.
މާލެ އަތޮޅު ގުރައިދޫ އަދި މާފުށްޓަކީ ރައީސްގެ މި ދަތުރުފުޅަށް ފަހުން އިތުރުކުރެއްވި ދެރަށެވެ.
ރައީސް މިއަދު ކ. ގުރައިދުއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.