އިޓާލިއަން ސިރިއާގައި ނަޕޯލީ އަދި ޓޮރީނޯ ބައްދަލުކުރި މެޗު 1-1 އަކުން އެއްވަރުކޮށް ޓޮރީނޯއިން ނަޕޯލީ ހިފަހައްޓާލައިފިއެވެ.
ނަޕޯލީގެ ދަނޑު ކަމުގައިވާ ސްޓޭޑިއޯ ޑިއޭގޯ އާމަންޑޯ މެރެޑޯނާގައި ކުޅުނު މެޗު ނަޕޯލީއިން ފަށާފައިވަނީ ވަރުގަދަކޮށެވެ. މެޗު ފެށިގެން ލީޑު ނެގުމަށްޓަކައި ނަޕޯލީއިން ވަނީ އެތައް ހަމަލާއެއް ޓޮރީނޯގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. ނަމަވެސް ޓޮރީނޯގެ ގޯލްކީޕަރު މިލިންކޮވިޗް ސަވިޗް ވަނީ ހުށިޔާރުކަމާއެކު އެހުރިހާ ހަމަލާތަކެއް މަތަކޮށްފައެވެ.
މެޗުގައި މޮޅު ކުޅުމެއް ދެއްކި މިލިންކޮވިޗް ކައިރިން ނަޕޯލީއަށް ލަނޑެއް ޖެހުނީ މެޗުގެ 61 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކަވިއްޗާ ކަވަރަސްކޭލާއެވެ. ނަމަވެސް ނަޕޯލީއަށް މެޗުގައި ނެގުނު ލީޑު ހިފެހެއްޓުނީ އެންމެ 3 މިނެޓަށެވެ. މެޗުގެ 64 ވަނަ މިނެޓުގައި ޓޮރީނޯއިން ވަނީ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި އެންޓޯނިއޯ ސަނާބްރިއާއެވެ. ސަނާބްރިއާގެ ގޯލާއެކު މެޗު ނިމިގެންދިޔައީ ދެޓީމުގެ މެދުގައި އެއްވެސް ފަރަގެއް ނެތި މެޗު އެއްވަރުވެގެންނެވެ.
މެޗުން އެއްވަރުވުމާއެކު ނަޕޯލީއަށް މިވަނީ ތާވަލުގެ 6 ވަނައަށް ޖެހިލުމުގެ ފުރުސަތު ގެއްލިފައެވެ. އެޓީމުން މިވަގުތު އޮތީ ކުޅުނު 28 މެޗުން ލިބުނު 44 ޕޮއިންޓާއެކު ތާވަަލުގެ 7 ވަނައިގައެވެ. ޓޮރީނޯ އޮތީ ކުޅުނު 28 މެޗުން ލިބުނު 38 ޕޮއިންޓާއެކު ތާވަލުގެ ދިހަ ވަނައިގައެވެ.