ކޮންމެ މީހަކުވެސް އެމީހެއްގެ ކައިވެނި ޕާޓި ތާފާތު ކޮށްލަން ބޭނުންވާނެއެވެ. އެގޮތުން ބައެއް މީހުން އެހެން ކައިވެނި ޕާޓީތަކާއި އެމީހުންގެ ފާޓީ ތަފާތު ކޮށްލުމުގެ ގޮތުން ވަރަށް މޮޅެތި ގިނަކަންކަން ކުރެއެވެ. މީވެސް ތަފާތު ކަމެއް ކުރި ޖޯޑެކެވެ.

ކައިވެނި ކުރި ދެމީހުން މިވަނީ އަންހެން ކުއްޖާގެ މަންމައަށްޓަކައި ސަޕްރައިޒެއް ޕްލޭން ކޮށްފައެވެ. އަންހެން ކުއްޖާގެ މަންމައަކީ ކެންސަރު ބައްޔާ ދެކޮޅަށް ހަނގުރާމަ ކުރަމުންދިޔަ މީހެކެވެ. އެހެން ކަމުން މަންމައަށް ހިތްވަރު ދިނުމުގެ ބޭނުމުގައި މި ދެމަފިރިން ވަނީ ކައިވެނި ޕާޓީތެރޭ ބޯ ބާލައިފައެވެ.

ލޫނާ ނަމަކަށް ކިޔުނު މި އަންހެންމީހާ އަށް ކެންސަރު ޖެހިފައި ހުރިކަން އެނގުނީ 2018 ވަނަ އަހަރުއެވެ. އަދި އެބަލި ހުރީ ސްޓޭޖު 4 ގައި ކަން ވެސް އެފަހަރު އެނގުނެވެ. އެ ފަހުން އޭނާ ވަނީ މި ބަލި މުޅި ހަށިގަނޑަށް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސާޖަރީ އަދި ކީމޯތެރަޕީ ފަދަ ފަރުވާތައް ހޯދައިފައެވެ.

ލޫނާގެ އަންހެން ދަރިފުޅު ޖޮނީ ބޭނުން ވީ ކައިވެނި ޕާޓީގެ އެއްދުވަސް ކުރިން އޭނާގެ ބޯ ބާލައި މަންމައަށް ސަޕްރައިޒެއް ދޭށެވެ. އެހެނަސް ޖޮނީ ގެ ލޯބިވެރިޔާ ހިޔާލު ދިނީ އެ ދެމީހުންގެ ބޯ ކައިވެނި ޕާޓީ ތެރެއިން ބާލާށެވެ. ކުޑަކޮށް ހާސްވި ނަމަވެސް ޖޮނީ ލޯބިވެރިޔާގެ ހިޔާލާ އެއްގޮތަށް ކަންތައް ކުރަން ނިންމިއެވެ.

ކައިވެނި ކުރެވުނު ފަހުން މި ދެމަފިރިން ޑާންސް ފްލޯރ އަށް އަރައި އެކުގައި ނެށިއެވެ. އެމީހުންގެ ފުރަތަމަ ޑާންސް ނިމުމުން ދެން ނަށާނީ ސަގާފީ ނެށުމެއް ކަމަށް ގިނަ މީހުންތަކެއް ހީކުރިއެވެ. ނަމަވެސް ގިނަ ބަޔަކަށް ހައިރަންކަން ލިބުނި ޑީޖޭ މި ދެމަފިރިން ތަފާތު ކަމެއް ކުރަން އެބަ އުޅޭ ކަމަށް އެނައުންސް ކުރުމާއެކީ ޖޮނީ އޭނާގެ ފިރިމީހާގެ ބޯ ބާލަން ފެށުމުންނެވެ. ދެން ބޯ ބޭލީ ޖޮނީއެވެ. ޖޮނީ ބޯ ބާލަން ފެށިއިރު އެ ހޯލް ގައި ތިބި ބައެއް މީހުންގެ ލޮލުން ކަރުނައާއިރު އަނެއްބާއި މީހުންގެ މޫނުމަތީގައި ވީ އެ ދެމަފިރިންނާއި މެދު ފަހުރުވެރިވާ ކަމުގެ ހިނުތުންވުމެކެވެ. މިހެން މި ދެމަފިރިން ކަންތައް ކުރީ އެމީހުން އެތިބީ މި ހަނގުރާމައިގައި ލޫނާއާއެކު އޭނާއަށް ހިތްވަރު ދިނުމަށް ކަން ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ.

މީގެ އިތުރުން މި ދެމަފިރިންވަނީ ޑޮނޭޝަން ޕޭޖެއްވެސް ހުޅުވައިފައެވެ. މި ޕޭޖަށް ލިބޭ ފަންޑުތައް ހަދިޔާ ކުރުމަށް ނިންމާފައިވަނީ ނިއުޒިލޭނޑްގެ ކެންސަރ ސޮސައިޓީއަށެވެ.

ޖޮނީގެ ފިރިމީހާ އެލިސްޓެއިރް ބުނި ގޮތުގައި އޭނާ ބޭނުންވީ މައިދާއިތައަށްޓަކައި އޭނާގެ އަންހެނުން ކޮށްދިންކަމަށް އޭނާއަށް ދެވެންއޮތް ސަޕޯޓެއް ދޭނެ ކަމަށެވެ. އެމީހުން ބޭނުންވަނީ ލޫނާއާއެކު ބަޔަކު އެބަތިބި ކަމަށާއި އޭނާ މިހަނގުރާމާގައި މިހިރީ އެކަނި ނޫންކަން އަންގަދޭން ކަމަށެވެ. ނަމަވެސް މި ކައިވެނި ކުރެވުނުތާން ދެމަސް ފަހުން ލޫނާ ވަނީ މި ފަނާވަނިވި ދުނިޔެއާ ވަކިވެފައިއެވެ. މި ދެމަފިރިން ދަނީ އަދިވެސް އެމީހުންގެ ވާހަކަ މީހުންނާ ހިއްސާ ކުރަމުން، މީހުން ކެންސަރާ މެދު ހޭލިންތެރިކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޖޮނީ ބުނެފައިވަނީ އެމީހުންގެ ވެޑިންގައި މަންމައަށް ދިން ސަޕްރައިޒް މަންމައަށް ކަމުދިޔަ ކަމަށާއި މަންމަ ހުރީ ވަރަށް އުފަލުން ކަމަށެވެ. އަދި އެ މީހުންނާ މެދު ވަރަށް ފަހުރުވެރިވާ ކަމަށްވެސް ބުނިކަމަށެވެ. އެ ވަގުތު މީހުންގެ "ރިއެކްޝަން" ހުންނާނީ ކިހިނެއް ކަމަށް ލަފާ ނުކުރެވުނަސް މަންމަ އަށް އެ ސަޕްރައިޒް ކަމުގޮސްގެން އުފާވުމުން އެ ދެމަފިރިންވެސް ވަރަށް އުފާވި ކަމަށެވެ.

އެމީހުން ހީކުރިގޮތާ ހިލާފަށް ހުރިހާ މެހެމާނުން ވެސް ދިޔައީ އެ ދެމަފިރިންނާ މެދު ފަހުރުވެރި ވަމުންދާ ކަމަށް ބުނަމުންނެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުން އެމީހުންގެ "ޑޮނޭޝަން ޕޭޖް" އަށް އެހީ ލިބުނު ކަމަށްވެސް ޖޮނީ ބުންޏެވެ.

ޖޯނީ އާއި އޭނާގެ ފިރިމީހައަކީ ކުޑައިރުގެ ރަހުމަތްތެރިންނެވެ. މި ދެމީހުން ލޯބީގެ ގޮތުން ގުޅުނީ މީގެ ތިން އަހަރު ކުރިންނެވެ. އެލިސްޓެއިރް ޖޮނީ އަށް ލޯބި ހުށަހަޅާފައިވަނީ މިދިޔަ އޮކްޓޯބަރ ގައިއެވެ. ޖޯނީ ބުނާގޮތުން އެނާ ކައިވެނިކުރާ ދުވަސް ދުށުމަކީ ލޫނާގެ ވަރަށް ބޮޑު ހުވަފެނެކެވެ.