ލަންޑަނުގައި ބޭއްވި ޕްރޯ ފަލަސްތީން ހިނގާލުމުގައި ހަތަރު ލައްކަ މީހުން ބައިވެރި ވެއްޖެއެވެ.

ދަ ޕަލަސްތީނިއަން ސޮލިޑާރިޓީ ކެންޕެއިން (ޕީއެސްސީ) އިން ބުނާ ގޮތުގައި އެމީހުންގެ 10 ވަނަ ފަލަސްތީނިއަން ނޭޝަނަލް ހިނގާލުމުގައި ހަތަރު ލައްކައަށް ވުރެގިން މީހުންވަނީ ބައިވެރި ވެފައެވެ. އަދި މި މުޒާހަރާގައި ވަނީ 13 ޔަހޫދީ އޯގަނައިޒޭޝަން އއަކުން ވެސް ބައިވެރި ވެފައެވެ. މީގެކުރިން ޔޫކޭގެ ކައުންޓާރ އެކްސްޓްރީމިސްމް ކޮމިޝަނަރ ވިދާޅޫވެފައިވަނީ މިފަދަ ފަލަސްތީނާއި އެއްކޮޅަށް ހިންގޭ މުޒާހަރާ ތަކަކީ ޔަހޫދީންނަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި މިފަދަ މުޒާހަރާ ތަށް ހިންގޭ ސަރަހައްދުތަކަށް ޔަހޫދީން ރަނގަޅުވާނީ ނުދިޔުން ކަމަށެވެ.

ނަމަވެސް ޕީއެސްސީއިން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި މުޒާހަރާގައި 13 ޔަހޫދީ އޯގަނައިޒޭޝަން އަކުން ބައިވެރި ވެފައިވާ ކަމަށެވެ. އަސދި މިކަމުން ދައްކުވައިދެނީ މި ހިނގާލުމަކީ ޔަހޫދީންނަށް ހުރި ނުރައްކަލެއް ނޫން ކަމަށެވެ.