އދ. ކުނބުރުދޫ ފުޓްސަލް ދަނޑު ހެދުމަށް ބޭނުންވާ ސާމާނާއި ވެހިކަލް އެ ރަށަށް ގެންގޮސްފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އިން ބުނެފިއެވެ.

އާރުޑީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން ފުޓްސަލް ދަނޑަށް ޖާގަ އިތުރު ކުރުމާއި އަދި ނުނިމި ހުރި މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.

މީގެއިތުރުން ކުނބުރުދޫ ފުޓްސަލް ދަނޑު ހެދުމަށް ބޭނުންވާ ސާމާނާއި ވެހިކަލްތައް އެ ރަށަށް ގެންދެވިފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ސްޕޯޓްސް މިނިސްޓްރީން އެ ކުންފުންޏަށް މިމަސައްކަތް ހަވާލުކޮށްފައިވަނީ 21 ފެބްރުއަރީ 2024ގައެވެ.