ނައިފަރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި 2022 ވަނަ އަހަރުއްސުރެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރަލުގެ ބާވަތްތަށް ނައްތާލައިފައިވަނީ މި މަހު 7 ވަނަަ ދުވަހުއެވެ. ފުލުހުން ނައްތާލައިފައިވަނީ ޖުމްލަ 202 ބަނގުރާ ފުޅިއާއި 77 ދަޅުބިޔަރެވެ.

މިތަކެއްޗަކީ 2022 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މި އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް ޅ. މަޑިވަރު ޑޮމެސްޓިކް އެއާޕޯޓުން ފުރަންދިޔަ ފަތުުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން މި މައުލޫމާތު މީޑިއާއާއި ހިއްސާ ކޮށްފައިވަނީ މިއަދެވެ.

(މައުލޫމާތު: ދިވެހިރާއްޖޭގެ ފުލުހހުންގެ ހިދުމަތް)