ސިންގަޕޯރ ޕޮލިސް ފޯސް އިން ހިންގި ސީނިއަރ އޮފިސަރ ބޭސިކް ކޯސް، ދިވެހި ފުލުހުންގެ ހިދުމަތުގެ ދެ ފުލުހަކު ފުރިހަމަކޮށްފިއެވެ.

މި ކޯސް ނިންމުމަށް މާރިޗު 11 ވަނަ ދުވަހު ސިންގަޕޯރ ޕޮލިސް ފޯސްގައި ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ބައިވެރިވެލެއްވިއެވެ.

މިދިޔަ އަހަރުގެ މެއި 22 އިން ފެށިގެން 10 މަސްދުވަހަށް ކުރިއަށް ގެންދިޔަ މި ކޯސް ފުރިހަމަކޮށްފައިވަނީ އިންސްޕެކްޓަރ އޮފް ޕޮލިސް ޒުލްފިގާރު އާދަމްއާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަދުނާން ޝަހީމްއެވެ.

މި ކޯހުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ދެ ފުލުހުންގެ އިތުރުން ސިންގަޕޯރ ފުލުހުން ހިމެނޭހެން 20 ފުލުހުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެއެވެ.