ފުވައްމުލަކު ސިޓީގައި ހުރި ވެލި މަގުތަށް އެއްވަރު ކޮށްފިއެވެ.

ފުލައްމުލަކު ސިޓީ ކައުންސިލުން ވަނީ ފެބްރުއަރީ މަހު 20 ވަނަ ދުވަހުން ފެށިގެން އެސިޓީގެ ވެލިން ހެދިފައިވާ މަގުތަށް ސާފުކޮށް އެއްވަރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ވެޑިވައްމަގު، ދެވަޑޮޮކައި މަގު، ކިނަރާގޯޅި، އިރުފުހޭމަގު އަދި މިނޫންވެސް ގިނަ މަގުތަކެއްގައިި މި މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ފޮޓޯ:ފުވައްމުލަކު ސިޓީ ކައުންސިލް
ފޮޓޯ: ފުވައްމުަކު ސިޓީ ކައުންސިލު

މީގެއިތުރުން އެ ކައުންސިލުން ވަނީ ފެބްރުއަރީ 25 އަދި 26 ވަނަ ދުވަހު އެސިޓީގެ އަރުއްފަންނު ސަހަރާ (ދިގުވާނޑު ސަހަރާ)ގެ ވިނަ ނޮޅާ ސާފުކޮށް އެއްވަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފައިއެވެ.

(މައުލޫމާތު: ފުވައްމުލަކު ސިޓީ ކައުންސިލު)