މަގުމަތިން ހޮވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި 10،000 ރުފިޔާގެ ވެރިފަރާތް ހޯދަން އިއުލާނުކޮށްފި އެވެ.

ފުލުހުން ބުނީ މިމަހު 14 ވަނަ ދުވަހު، ދޮންއަނދަރާދަ ހިނގުން ގ. ރެސްރޯން ކުރިމަތިން ހޮވައިގެން ގެނެސްފައިވާ މި ފައިސާގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށެވެ.

އަދި އެކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާއާ ހަވާލުވެލެއްވުމަށްވެސް ފުލުހުން އެދިފައިވެއެވެ.

މީގެއިތުރުން ފުލުހުން ވަނީ އިއްޔެވެސް މ. ހިޖާޒު ކައިރިން ހޮވައިގެން ގެނެސްފައިވާ 700 ރުފިޔާ ގެނެސްފައިވާ ކަމަށާއި މި ފައިސާތަކުގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށްވެސް އެދިފައެވެ.

އަދި މި ފައިސާއާ ހަވާލުވެލުމަށް ހާޒިރުވާއިރު ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް އައުންވެސް ފުލުހުން އެދިފައިވެއެވެ.