ލިޔުނީ: އަޒްހީން

އަންހެނުން ބާރުވެރި ކުރުވުމަށް މަސައްކަތްކުރާ ރާއްޖޭގެ މަޝްހޫރު އެންޖީއޯއެއް ކަމަށްވާ މޮމްސް އެއިޑްގެ އިސްނެގުމާއިއެކު 2 ކުދިންނާއި އެކު ނިކަމެތި ޙާލުގައި ދިރިއުޅެމުން ދިޔަ މަޔަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި ކުރިއަށް ގެންދިޔަ "ރީނާގެ ޢާއިލާއަށް ބޯހިޔާވަހިކަމެއް ހޯަދައިދިނުމަށް އެހީތެރިވަމާ ކެމްޕެއިން" ކާމިޔާބުކަމާއެކު ނިންމާލައިފިކަމަށް އެ އެންޖީއޯއިން ބުނެފިއެވެ.

ހާލުގައި ޖެހިފައިވާ ރާނީގެ ޢާއިލާއަށް މޮމްސް އެއިޑްގެ އަދި އެކި ފަރާތްތަކުގެ ދީލަތި އެހީއާއެކު ދިރިއުޅުމުގެ ހާލަތު ވަނީ މުޅިން ބަދަލު ވެފައެވެ. މިދީލަތި އެހީއާ އެކު އެއާއިލާށް ވަނީ ގެއެއް އިމާރާތް ކުރެވިފައިއެވެ. ރީނާއާއި އޭނާގެ ދެދަރިންނަށް އަމިއްލަ ކޮޓަރީގައި ނިދުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. އަދި ރައްކާތެރިކަން ވެސް ވަނީ ކަށަވަރުވެފައިއެވެ.

މޮމްސް އެއިޑުން ރާނީއާ ގެ ހަވާލުކޮއްފައިވަނީ ފަރުނިޗަރާއި އާއިލާއަށް ބޭނުންވާނެ ހުރިހާއެއްޗެއް ހަމަކުރުމަށްފަހުއެވެ. މިގެއަށް ކުރިއަށް އޮތް 6 މަސް ދުވަހަށް ބޭނުންވާ ކާބޯތަކެތި ވެސް ވަނީ ހަމަޖައްސައިދީފައެވެ.

ގެއަށް ވަނުމަށްފަހު އުފަލުން ރޮވިފައި ހުރި ރާނީ ބުނީ މިފަދަ ގެ އެއް ލިބިދާނެ ކަމަށް ދުވަހަކުވެސް ހީނުކުރާ ކަމަށެވެ. "މިއީ އަޅުގަނޑަށް ގަނޑުވަރެއް. ދުވަހަކުވެސް ހިޔެއް ނުކުރަން މިފަދަ ރީތި ގެއެއް ލިބިދާނެ ކަމަކަށް. އަޅުގަނޑާއި ދަރިންނަށް މިފަދަ ތަނަވަސް ބޯހިޔާވަހިކަމެއް ހޯދައި ދިނުމަށް މަސައްކުރި ހުރިހާ އެންމެންނަށް ޝުކުރިއްޔާ" ރާނީ ބުންޏެވެ.

މޮމްސް އެއިޑަކީ އަންހެނުން ބާރުވެރިކުރުވުމާއި ބަނޑުހައިހޫނުކަމާއި ފަގީރުކަން ނައްތާލުމާއި ގެވެށި އަނިޔާއަށް ހައްލެއް ހޯދައިދިނުމަށް އިސްކަންދޭ ޖަމިއްޔާއެކެވެ. ކެއަރ ޕެކޭޖްތަކާއި، ދިރިއުޅުމުގެ ފުރުޞަތުތަކާއި، އަންހެނުންނަށް ކުރާ އަނިޔާއާ ބެހޭ ތަޢުލީމު ފަދަ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތުގެ ޒަރިއްޔާއިން، މޮމްސް އެއިޑްއިން މަސައްކަތްކުރަނީ އަމާން، މިހާރަށްވުރެ ހަރުދަނާ މުޖުތަމަޢުތަކެއް އުފެއްދުމަށެވެ. މޮމްސް އެއިޑްގެ ޝައުގުވެރިކަމާއި ފަންނުވެރިކަމުގެ ސަބަބުން ނިކަމެތި އާއިލާތައް ކުރިއެރުވުމަށާއި ދިވެހި މުޖުތަމައުގެ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް މަގުފަހިކޮށްދެއެވެ.