އައްޑޫ ސިޓީ ހިތަދޫއިން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެ ދެމީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ މިއަދު ފުލޫކުލިނިކަށް ދައްކައިގެން ޓެސްޓު ހެދުމުންނެވެ.

މި ދެ މީހުންނަކީ މޯލްޑިވިއަންގެ އިސް ދެ މަގާމެއްގައި ތިބި ދެމީހުންނެވެ. މި މީހުން ޕޮޒިޓިވްވުމުން މިހާރުވަނީ ކޮންޓެކްޓް ޓްރޭސިން މަސައްކަތް ފަށައިފިއެވެ. މިހާތަނަށް 6 މީހުންނަށްވުރެ ގިނަ މީހުންވަނީ ޓްރޭސް ކުރެވިފައެވެ.

ހުޅުމީދޫ އިން ވެސް ވަނީ 18 ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެމީހުންނަކީ ހުޅުމީދޫގައި ހުންނަ އެމްޓީސީސީ ސައިޓުގައި މަސައްކަތްކުރާ މީހުންނެވެ. އެ މީހުން ޕޮޒިޓިވް ވުމުން އެ ދެ ރަށް މިހާރުވަނީ ޕޮނިޓަރިން ހާލަތަށް ގެނެސްފައެވެ.

ހިތަދޫއިން ދެ މީހަކު ޕޮޒިޓިވް ވުމުން އެރަށް ވެސް މޮނިޓަރިން ހާލަތަށް ގެންނާނެ ކަމަށް ބެލެވެއެވެ.