ލިޔުނީ: އަޒްހީން

ޕީއެންސީގެ ރައީސް އަދި ސަރުކާރުގެ ކޯލިޝަން ލީޑަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދަނީ ޑޯޓުޑޯ އަށް ނުކުންނަވަން ތައްޔާރުވެ ވަޑައިގެންފިއެވެ.

މި ކެމްޕެއިންއަކީ ސަރުކާރުގެ ކޯލިޝަންގެ ފަރާތުން މާލެ ސިޓީގެ އެކިއެކި ދާއިރާތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރައްވާ ކެމްޕެއިނެކެވެ.

މިކެންޕެއިން މިއަދު މެންދުރު 1:45 ގައި ރައިސް މުއިޒް ފައްޓަވާނެކަމަށް ޕީއެންސީ / ޕީޕީއެމް ކޯލިޝަނުން ވަނީ ބުނެފައެވެ. މިއަދު ޑޯޓުޑޯގައި ހިންގަވާނީ ހެންވޭރު ހުޅަނގު ދާއިރާގެ ސަރަހަށްދުތަކުގައެވެ. އެއީ ސޯސަންމަގާއި ބޮޑު ރަސްގެފާނު ހިނގުން ގުޅޭ ކަންމަތިންކަމަށް ބުނެއެވެ.

އޭޕްރީލް މަހުގެ 21 ވަނަ ދުވަހަށް ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ޕީއެންސީގެ ފަރާތުން 89 ކެންޑިޑޭޓުން ނުކުންނާނެއެވެ. ކޯލިޝަނުންވަނީ 3 ދާއިރާއަކަށް ވާދަކުރާ ތިން ޕާޓީ ލީޑަރަކަށް ތާއިދުދެއްވާފައެވެ. އެއީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް، އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްއެވެ.

284،887 މީހުންނަށް މި އިންތިހާބުގައި ވޯޓިލުމުގެ ހައްގު ލިބިފައިވާއިރު، 368 ކެންޑިޑޭޓުން ވާދަކުރައްވާނެއެވެ.