ގަވާއިދާ ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި ޕެލެޓްތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

އެ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން ޕެލެޓްތައް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މާލޭ މަގުމަތީގައި މީހުންނަށް ދަތިވާފަދަ ގޮތްގޮތަށް ބަހައްޓާފައި ހުންނަ ޕެލެޓުތަކުގެ ސަބަބުން ވެހިކަލްތައް ޕާކު ކުރުމަށް ވަރަށް ބޮޑު ދަތިވާ ކަމުގެ ޝަކުވާ މީހުންކުރެއެވެ.

މާލެ ސިޓީކައުންސިލުން ކޮށްފައިވާ މި މަސައްކަތުން ނަގާފައިވަނީ ކިހާ އަދަދެއްގެ ޕެލެޓެއް ކަމެއް ސާފުނުވިނަމަވެސް، މީގެކުރިންވެސް އެކި ފަހަރު މަތިން އެ ކައުންސިލުން ވަނީ ޕެލެޓްތައް ނެގުމުގެ މަސައްކަތް ކޮށްފައިވެއެވެ.