18 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ސްކޮޑުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
18 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ގައުމީ ބާސްކެޓުބޯޅަ ޓީމަށް ވަމުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަން މޯލްޑިވްސް ބާސްކެޓުބޯޅަ އެސޯސިއޭޝަނުން ހާމަ ކުރީ 18 މާރިޗުވީ ހޯމަ ދުވަހު ނެރުނު އިއުލާނެއްގައެވެ.
އެއިއުލާނުގައި ބާސްކެޓުބޯޅަ ޓީމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފުރަން ގޫގްލް ފޯމެއް ވަނީ ހިމަނާފައެވެ. އެފޯމު ހުށައެޅުމުގެ ސުން ގަޑިއަކަށް ކަނޑައަޅާފައިވަނީ 23 މާރިޗުވާ ހޮނިހިރު ދުވަހެވެ.
18 އަހަރުން ދަށުގެ ޓީމުގައި ބައިވެރިވެވޭނީ 2024 ވަނަ އަހަރު 19 އަހަރު ނުފުރޭ ކުދިންނަށް ކަމަށް މޯލްޑިވްސް ބާސްކެޓުބޯޅަ އެސޯސިއޭޝަނުން ވަނީ ހާމަކޮށްފައެވެ.